އަހުމަދު މަސްނޫމް   27 އޭޕްރީލު 2021 - 17:17
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން މިކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައިވަނީ ހޯމް މިނިސްޓަރަށެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކުލަވާލެއްވި ފުލުހުންގެ އިސްތިއުނާފް ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންނަކީ:-



1- ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ޞާދިޤް/ ދަފްތަރު ނަންބަރު 6613

2- އަލްއުސްތާޛް އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ

3- ފާތިމަތު ލީނާ، މ. ސަލްޖަމްގެ

4- އަލްއުސްތާޛާ މިންނާ ނާފިޛް، މ. ލިލީސް

5- އަލްއުސްތާޛް އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި

ފުލުހުންގެ އިސްތިއުނާފް ކޮމިޓީއަކީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާ ކޮމިޓީއެވެ. ޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން މިކޮމިޓީ އެކުލަވާލަންޖެހެއެވެ.

އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާއަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން ޢަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން