ފަތުރުވެރިޔަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީގައި ހިނގި މިހާދިސާގައި ހަމަލާދީފައިވަނީ މިސްރުގެ ފަތުުރުވެރިޔަކަށެވެ. މިހަމަލާދީން މަންޒަރު ފެންނަ ވިޑިއޯއެއް ރޭ ވަނީ މީސްމީޑިއާގައި ލީކް ކޮށްލާފައެވެ. މީސް މީޑިއާގައި ބުނީ ދިވެހި މީހާ ފަތުރުވެރިއާއަށް ހަމަލާދިނީ އޭނާގެ އަނބިމީހާއާއި ކޮންމެވެސް ގުޅުމެއް ހިންގި ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ކަށަވަރެއް ނުވެއެވެ.

ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހު ހުށައެޅި މިމައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީގައި ހަމަލާ ދިން ދިވެހި މީހާއާއި ޓޫރިސްޓު މީހާއަށްވެސް އަނިޔާވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން