މިރޯދަމަހުގެ ފަހުދިހައިގައި މާލޭ ސަރައްހަދުގެ 23 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް:-

- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)

- މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ

- މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން

- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު

- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން

- މަސްޖިދު ޞަލާޙުއްދީން

- މަސްޖިދު ފުރްޤާން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދުއްނޫރު

- އިބްރާހީމީ މިސްކިތް

- މަސްޖިދުއްޝަހީދު ޢަލީ

- މަސްޖިދު އިސްކަންދަރު

- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން

- މަސްޖިދުއްސުލްޠާން މުޙައްމަދު ޖަމީލު ދީދީ

ވިލިމާލޭގައި ދަމު ނަމާދުކުރާ މިސްކިތައް:-

- މަސްޖިދުއްސަލާމް

- މަސްޖިދުލްއިޚްލާޞް

- މަސްޖިދުލް ބިއްރީ

ހުޅުމާލެގައި ދަމު ނަމާދުކުރާ މިސްކިތްތައް:-

- މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ

- މަސްޖިދު ޢަޒީޒާ މޫސާ

- މަސްޖިދު ޢުމަރު ބިން ޚައްޠާބު

- މަސްޖިދުލް ވާލިދައިނި

- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާރހޫޑު 3)

އިސްލާމިކް މިނިސްޓްރީން ބުނީ ދަމުނަމާދު ކުރުމުގެ އިތުރުން މާލޭގެ 5 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 2 މިސްކިތެއްގައި ރަމަޟާންމަހުގެ ފަހު 10ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން