އެމްއެމްޕީއާރުސީގެ ވާހަކައަކީ ރޯދަކުރުކުރަން ދައްކާ ވާހަކައެއްކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭގޮތުން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހާއި އެހެނިހެން ސިޔާސީ ޕްލެޓްފޯމްތަކާއި މީޑިއާ ތަކުގައި އަނެއްކާވެސް ވަރަށް ބާރަށް ވާހަކަ ދައްކަން ފަށާފައިވަނިކޮށެވެ. ފުލުހުންނާއި އޭސީސީ ގުޅިގެން ވަރުގަދަ ތަހުގީގު ޓީމެއް ހަދައިގެން ކޯވިޑްގެ ތެރޭގައި ވެސް އެ ތަހުގީގު ހިންގާ ކަމަށް ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދު ވިދާޅުވެފައި ވީނަމަވެސް އެމްސީ ހަމީދު އެވިދާޅުވާ ތަހުގީގު ޓީމުގެ ނިންމުންތަކާ ގުޅިގެން މިފަހުން ފުލުހަށް ހާޒިރުކުރަމުން ގެންދާތަން ފެންނަނީ މިހާރުވެސް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމިން އެކަންޏެވެ.

ދޭތެރެ ދޭތެރެއިން ހިލިގަނެ، ހުޅުގަނޑު ފަޅައިގެންދާ ވަރަށް މައްސަލަ ހޫނުވެގެންދާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކަ މިފަހުން ފެށިގެން މިއުޅެނީ ރައީސް ނަޝީދު ފެއްޓެވި ބަރުލަމާނީ ނިޒާމުގެ ވާހަކައާއެކު އައި ހިލުންގަނޑާއެކުގައި ކަމަށް މަޝްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ބުނެއެވެ. މިކަމަށް އިޝާރަތް ކުރަށްވައި މިހާރު އޮސްޓްރޭލިއާގައި ދިރިއުޅުއްވާ ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. މުހައްމަދު ފައިރޫޝް ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ވާހައަކީ ރޯދަ ކުރުކުރުމަށް ދައްކާ ވާހަކައަކަށް ކިހާރު ވެފައިވާ ކަމަށެވެ.



ދޭތެރެ ދޭތެރެއިން މަޖިލީހުގެ ތެރެއިން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ހިލިގެން އައި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި، ގެއްލުނު ފައިސާތައް ހޯދާނެކަމަށް ވައުދުވެގެން ވެރިކަމަށް އައި ސަރުކާރަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މިހާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންވެސް ހިމެނޭކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބުނާ މިމައްސަލައިގައި އިއްޔެވެސް ވަނީ މަޖިލީހުގެ ތަޅުމުގައި ބޮޑު ޒުވާބެއް ހިނގާފައެވެ. މިޒުވާބުގައި އެއްކޮޅުން ވާދަކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. އަނެއްކޮޅުގައި އިސްކޮށް ރަށްދު ދެއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު އިއްޔެވެސް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން އެމައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެންބަރުން ބޭނުންފުޅު ނަމަ އެމްއެމްޕީއާރްސީގެ ޚިޔާނާތުން ގެއްލުނު 70 މިލިއަން ޑޮލަރު ހޯދައި ޚަޒާނާއަށް ވެއްދޭނެ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އެކަން ކުރެވޭނީ ބޭރުގެ ކަމާބެހޭ ބައެއްގެ އެހީގައި ކަމަށްވާތީ އެފައިސާގެ ދެބައިކުޅަ އެއްބައި އެކަމަށް ޚަރަދުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމިނަށް އެމްޑީޕީން ތުހުމަތު ކުރަމުންދިޔަ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއްގެ މައްލައެއްގައި ލިބެންޖެހޭ ކަމަށް ބުނާ ފައިސާ ހޯދަން ވެސް ކޮމިޝަނެއް އެކުލަވާލައި ބޭރުގެ މާހިރުންގެ ފާމަކާއި އެމަސައްކަތް ހަވާލުކުރިއެވެ. ނަމަވެސް ދައުލަތުގެ މާލިއްޔާއިން ބޭކާރު ޚަރަދެއް ހޭދަވުން ފިޔަވައި އެހެން ކަމެއް އަދި މިހާތަނަށް އެކަމުން ހާސިލު ކުރެވިފައެއް ނުވެއެވެ. އެއީވެސް ދޭތެރެއަކުން މަޖިލީހުގެ ތަޅުމަށް ތިލަވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން