މާލޭ ރައްޔިތުންގެ ރުހުން ނެތި މާލޭގެ މަގުތަކަށް ވެހިކަލް އިތުރު ނުކުރުމަށް މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ގަރާޖު ސިޓީއެއް ހުށަހެޅުމެއް ނެތި މާލޭ ސަރަޙައްދަށް ކާރު ރަޖިސްޓްރީ ކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެނެވެ.

މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ ނުލައި، އެއްވެސް ހިފެހެއްޓުމެއް ނެތި މާލެ ސިޓީގެ މަގުތައް މައްޗަށް ވެހިކަލް އިތުރުވާނެ ގޮތަކަށް އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއް އިސްލާހު ނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.



މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ. ކާރެއް ރަޖިސްޓްރީ ކުރެވޭނީ އެކާރު ބާއްވާނެ ގަރާޖަކާބެހޭ ލިއުން ހުށައަޅައިގެން ކަމަށް ގަވާއިދުގައި ބުނާތީ އެކަން އެގޮތަށް ކުރި ނަމަވެސް ކަމުގެ މަގުޞަދު ހާސިލު ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިހާރުވެސް އެއް ގަރާޖަށް ސާޅީހުން، ފަންސާހުން ކާރު ރަޖިސްޓްރީކޮށް އެކަމުންވެސް ނާޖާޒިރު މަންފާތައް ބަޔަކު ނަގަމުން ގެންދާކަން ބައެއް ފަރާތްތަކުން ފާހަކަ ކުރެއެވެ.

ގަރާޖެއްގެ ލިޔުން ހުށަނާޅައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން