ކައުންސިލް އިންތިޙާބުގެެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މި މަހުގެ 10ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ 12 ދާއިރާއެއްގައި ހޮނިހިރުދުވަހު އަލުން ވޯޓްލުން ކުރިޔަށް ގެންދިޔުމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަލުން ވޯޓްލަނީ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރު ވެގެންނާއި ވޯޓުގައި ބައެއް މައްސަލަތައް ދިމާވެގެންނެވެ.

މައްސަލަ ދިމާވެގެން އަލުން ވޯޓްލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ތ. ގާދިއްފުއްޓާއި، ލ. މާވަށުގައެވެ. ވޯޓުގެ ނަތީޖާ އެއްވަރުވެގެން 4 ދާއިރާއެއްގައި އިންތިޙާބު އަލުން ބާއްވާއިރު ނަތީޖާ އެއްވަރުވުމުން 6 ދައިރާގައި އަލުން އިންތިޚާބު ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އަލުން އިންތިޚާބު ބާއްވާ ދާއިރާތައް:-

- ހއ.ތަކަންދޫ އަންހެނުންގެ ޚާއްސަ ގޮނޑި

- ބ.ކިހާދޫ ކައުންސިލް މެމްބަރު

- މ.ރަތްމަންދޫ ކައުންސިލް ރައީސް

- ފ.ދަރަނބޫދޫ އަންހެނުންގެ ޚާއްސަ ގޮނޑި

- ލ.މާވާށު ކައުންސިލް ރައީސް

- ލ.މާވަށު ކައުންސިލް މެމްބަރު

- ތ.ގާދިއްފުށި އަންހެނުންގެ ޚާއްސަ ގޮނޑި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު:-

- ހއ. އުލިގަމު

- ނ. މަގޫދޫ

- ރ. މާކުރަތު

- ބ. ކެންދޫ

- ވ. ފުލިދޫ

- ލ. ކަލައިދޫ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު އިންތިހާބުގެ ބައެއް ދާއިރާތަކުގެ ވޯޓުލުން އަލުން ބާއްވާއިރު، ޖޫންމަހުގެ 5 ވަނަ ދުވަހުވެސް އިންތިހާބުގެ އިތުރު ބުރެއް އޮންނާނެއެވެ. އެއީ އެއްވެސް ކެނޑިޑޭޓެއް ވާދަނުކުރާ ރަށްތަކުގައިކަމަށް ބާއްވާ އިންތިހާބެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން