ރައީސް ސޯލިހް ރީކޯ މޫސަ އާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ރީކޯ މޫސަ އާއި ބައްދަލުކުރައްވަނީ
އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ރައީސް ސޯލިހާއެކު ނިކުމެގެން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު ރޭ ވިދާޅުވެއްޖެއެވެ.

އޮންލައިން މީޑިޔާ އަކުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި ރީކޯ މޫސަ ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިހާބެއް އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ރައީސް ސޯލިހާކު ނުކުމެގެން ކަމަށެވެ. އެމްޑީޕީގެ ޓިކެޓުގައި ވެރިކަމުގެ އެއްދައުރު ފުރިހަމަ ކުރާ ފަރާތަކަށް އިތުރު ދައުރެއް ދޭންޖެހޭގޮތަށް އެޕާޓީގެ ގައުމީ މަޖިލީހުން މީގެ ކުރީގައި ގަރާރެއް ފާސްކޮށްފައިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީން އެބައޮތް އުސޫލެއް ކަނޑައަޅާފަ. 2013 ގައި އެމްޑީޕީން އޮންނާނެ ގަރާރެއް ފާސްކޮށްފަ މިހާރު ވެރިކަމުގައި ހުރި މީހާ އަނެއްކާވެސް އިތުރު ދައުރަކަށް ދާން ޗާންސް ދޭ ގޮތަށް." މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމީ މަޖިލީހުން މީގެކުރިން ނިންމާފައިއޮތް އެ ނިންމުން ބޮލާލައި ޖަހައި ރައީސް ސޯލިހު ނޫންފަރާތެއް އެ ޕާޓީގެ ޓިކެޓްގައި ވެރިކަމަށް ކުރިމަތިލައިފިނަމަ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ޗާންސް ގެއްލޭނެ ކަމަށެވެ. ނިޒާމް ބަދަލުކޮށް ރައީސް ސޯލިހު އެގޮތަށް ވެރިކަން ގުރުބާން ނުކުރައްވާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެހާ ހިސާބަށް ކަންތައް ހިނގައްޖެނަމަ، އެމްޑީޕީގެ މައިގަނޑު ވޯޓާ ބޭސްއާއި ގައުމީ މަޖިލީހުގެ މެޖޯރިޓީވެސް ރައީސް ސޯލިހު ނަންގަވާނެކަމަށް މޫސަ ވިދާޅުވިއެވެ. ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މެންބަރުން ވެސް ތާއިދުކުރައްވަނީ ރައީސް ސޯލިހަށް ކަމުގައި މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން