ރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި އަޅާ އެންމެ އުސްއިމާރާތް، ރާއްޖޭގެ ލޯކަލް ޓުއަރިޒްމްގައި އެންމެ ކުރިއަރަމުން އަންނަ މާފުށީގައި އިމާރާތްކޮށްނިންމައި ހުޅުވޭ ވަރުވާނީ މިއަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

12 ބުރީގެ އުސްމިނުގައި އިމާރާތްކުރެވޭ މިގެސްޓްހައުސް އަކީ އަތޮޅުތަކުގެ ރަށެއްގައި ބިމު އަޑީ ފުލޯ އަކާއެކު ތަރައްގީކުރާ އެންމެ ފުރަތަމަ އިމާރާތައްވެސް ވެގެން ދާނެއެވެ. މިއިމާރާތުގެ އެންމެ އުހުގައި 145 ޑިގްރީ ވިޔު އަކާއިއެކު އިންފިނިޓީ ޕޫލް އަކާއި، 360 ޑިގްރީ ވިޔުއަކާއިއެކު ރެސްޓޯރަންޓެއްވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށްވެއެވެ.



މިއީ އައިކޮމް ހޮޓެލްސްއިން "އައިކޮމް ގްރޭންޑް މާފުށި" ގެ ނަމުގައި މާފުށީގައި ތަރައްގީކުރާ ގެސްޓްހައުސެކެވެ. 2019 ވަނަ އަހަރު އިމާރާތް ކުރަން ފެށި މިއިމާރާތް ނިންމާލައި މިއަހަރު ތެރޭގައި ހުޅުވުމަށް ޓާގެޓް ކުރެވުނު ކަމުގައިވިޔަސް، ކޮވިޑުގެ ބަލިމަޑުކަމާއިއެކު ކުރިމަތިވި ޑިލޭތަކާއެކު، މިހާރު ގެސްޓްހައުސް ނިންމައި ހުޅުވޭނެކަމަށް ލަފާކޮށްފައިވަނީ މިއަންނަ އަހަރުގެ ފަހުކޮޅުކަމަށް އައިކޮމް ހޮޓެލްސްއިން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން