ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް، ކުރީ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުކަމަށާއި އަދި އެ މައްސަލަ ކޯޓަށް ބަލައިގެންފައިވާކަމަށެވެ.

ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި "ދާރުލް ޛިކްރާ" ގެ ނަމުގައި ވަޤުފު އިމާރާތެއް އެޅުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 25 މަސްދުވަހުން ނިންމާގޮތަށެވެ. އެހެންނަމަވެސް މަސައްކަތް ހަވާލުކުރިތާ އަހަރަކާއި ގާތްވިއިރުވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެކަމަކު އޭރު އޮތީ ސަރުކާރުން ދޭންޖެހޭ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައެވެ.

ސަރުކާރާއެކުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތްނުކުރާތީ އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދުމަށް އެސްޖޭ ކޮންސްޓަރަކްޝަނުން ދައުލަތާއި ދެކޮޅަށްް ސިވިލްކޯޓުގައި ދައުވާކުރިއެވެ. ނަމަވެސް އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ހިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިމައްސަލައިގައި ކުރީގެ އިސްލާމީ ވުޒާރާގެ ވަޒީރުގެ މައްޗަށް ދައުވާ ކުރަން ވެސް ވަނީ ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން