ގަރާޖު ސިޓީ އުވާލާ ގޮތަށް ޤާނޫނަށް ގެނެސްފައިވާ އިސްލާހަށް ވޯޓް ދޭނީ ގަރާޖް ސިޓީ ނުލިބިގެން އުޅޭ މެމްބަރުންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑޭ ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވެފައިމިވަނީ ގަރާޖު ސިޓީއެއް ހުށަހެޅުމެއް ނެތި މާލޭ ސަރަޙައްދަށް ކާރު ރަޖިސްޓްރީ ކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. މިއިސްލާހު މިހާރު އޮތީ ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ވޯޓަށް އަހާ ހިސާބުގައެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ކުރީން ކެޕޭސިޓީއަށްވުރެ 100 ގުނަ އިތުރަށް މާލެ ސަރަޙައްދު ތޮށްޖެހިފައިވާކަމަށެވެ. އަދި އެހެން އެކަން އޮތްވާ މާލޭގެ ސަރަހައްދަށް ގަރާޖު ސިޓީ ނެތި 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭ "ވެހިކަލް ދަފްތަރު އުސޫލު" ރިޕޯޓު ފާސްކުރަން މާދަމާ ވޯޓު ދޭނީ ގަރާޖް ސިޓީ ނުލިބިގެން އުޅޭ މެމްބަރުންކަމަށް ބޮންޑޭ ވިދާޅުވިއެވެ.



މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ. ކާރެއް ރަޖިސްޓްރީ ކުރެވޭނީ އެކާރު ބާއްވާނެ ގަރާޖަކާބެހޭ ލިއުން ހުށައަޅައިގެން ކަމަށް ގަވާއިދުގައި ބުނާތީ އެކަން އެގޮތަށް ކުރި ނަމަވެސް ކަމުގެ މަގުޞަދު ހާސިލު ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިހާރުވެސް އެއް ގަރާޖަށް ސާޅީހުން، ފަންސާހުން ކާރު ރަޖިސްޓްރީކޮށް އެކަމުންވެސް ނާޖާޒިރު މަންފާތައް ބަޔަކު ނަގަމުން ގެންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ގަރާޖެއްގެ ލިޔުން ހުށަނާޅައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން