އަހުމަދު މަސްނޫމް   28 އޭޕްރީލު 2021 - 19:48
އޭޑީކޭ ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީމަހު މަރުވި ސަލްމާ ނަސީރުގެ މަރުގެ މައްސަލަ ތަހުޤީޤްކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފިއެވެ.

ސަލްމާ ނަސީރުގެ މަރުގެ މައްސަލަ ތަހުޤީޤްކޮށްދިނުމަށް އެދި ޕޮލިހަށް ހުށަހަޅާފައިވަނީ ސަލްމާގެ ފިރިމީހާގެ ފަރާތުން އެޑްވޮކެސީ ޗެމްބާސްއިންނެވެ. އެމައްސަލައިގައި ވަނީ އެކަމުގައި ޝާމިލުވާ ބިދޭސީންގެ ޕާސްޕޯޓްވެސް ހިފެހެއްޓުމަށް އެދިފައެވެ.

އެޑްވޮކެސީ ޗެމްބާސްއިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލު ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާކަމަށެވެ. އަދި އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅަނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކޮށްދިނުމަށް އެދިއެވެ.

ހެލްތު މިނިސްޓްރީން މިމައްސަލައިގައި ބުނެފައިވަނީ ސަލްމާ މަރުވުމުގައި އޭނާގެ ގަޔަށް ލޭ އެޅުން ލަސްވުން ހިމެނޭ ކަމަށެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން އެކަން ދޮގުކުރެއެވެ.

އެޑްވޮކެސީ ޗެމްބާސްއިން ބުނާގޮތުން ސަލްމާގެ މެޑިކަލް ރިކޯޑު ހޯދުމަށް އެ ހޮސްޕިޓަލަށް ހުށަހެޅުމުން އެކަން ކޮށްދިނުމަށްވެސް ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން