އަހުމަދު މަސްނޫމް   28 އޭޕްރީލު 2021 - 20:59
"އައި އޭމް ވެކްސިނޭޓަޑް" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ރާއްޖޭގައި ފަށައިފިއެވެ.

"އައި އޭމް ވެކްސިނޭޓަޑް" ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްުޔާތެއްްގައި މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

އެމްއެމްޕީއާރުސީން ބުނީ މިކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ދީ، މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުންކަމަށެވެ.

އައިއޭމް ވެކްސިނޭޓެޑް ކެމްޕެއިމް ޕްރޮމޯޓްކުރުމަށް ވެކްސިން ފުރިހަމަކުރުމުން ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ޤާއިމްކޮށްފައިވާ މައިކްރޯސައިޓުން ފަތުރުވެރިކަމުގެ ދާއިރާގައި ވެކްސިން ފުރިހަމަކުރާ ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނުގެ މައުލޫމާތާއި ފޮޓޯ ގެނެސްދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިންގެ ހާއްސަ ބައެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުން އައިއޭމް ވެކްސިނޭޓެޑް ބެޖް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފެށުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާއި، މިހާތަނަށް ރިސޯޓްތަކުގެ 99 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާކަމަށެވެ.

"މި ހަފްލާ ފާހަގަކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހިފައި. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %99 މުވައްޒަފުންނަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައި. އަދި 8000 މުވައްޒަފުންނަށް 2 ވަނަ ޑޯޒް މިހާރު ޖެހިއްޖެ." މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާއިރު، ސަރުކާރުގެ އަމާޒަކީ ވެކްސިން ޑެސްޓިނޭޝަނެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން