މާލޭގައި އިމާމުވެ ދަމު ނަމާދުކުރަން ރައީސް ނަޝީދުގެ ވެރިކަމުގައި ފުރުޞަތު ދެއްވިކަމަށާއި، ނަމަވެސް މިސަރުކާރުން އެފުރުޞަތު ނުދެއްވިކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމަކީ މާލޭގެ އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދު ކުރަންފެށިފަހުން އެންމެ ފުރަތަމަ ދަމު ނާމާދު ކުރެއްވި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެންމެ ގިނަ ރޯދަމަހު ދަމު ނަމާދުގެ އިމާމުކަން އިސްލާމީ މަރުކަޒުގައި ކުރެއްވި އެއް ބޭފުޅާއެވެ. އެގޮތުން ދަމު ނަމާދަށް ފަހު ވިތުރީގައި ޑރ. ޝަހީމު ކުރަށްވަމުން ގެންދެވި ދިގު ދުޢާއަކީ ގިނަ ބައެއްގެ ޝައުޤުވެރިކަމާއި ތަރުހީބު އެދުޢާއަކަށް ލިބިގެން ދިޔަ ވަރަށް އަސަރުގަދަ ދުޢާއެއްވެސް މެއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ރައީސް މުހައްމަދު ނަޝީދުގެ މަތިން ހަނދާންވާ ދުވަސްތައް އަންނަކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ހިޔާލު ތަފާތުވުން ބޮޑު ދުވަސްވަރުވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުގައި އެކަން ވާގޮތް ނުވިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގައި އޭނާއަށް ދެއްވި އެފުރުޞަތަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ގިނަ ބައެއްގެ މަޤްބޫލު އަދި ކީރިތި ގުރުއާންވެސް ވަރަށް ރީތިކޮށް ވިދާޅުވާ ޑރ. ޝަހީމަކީ ރައީސް ނަޝީދުގެ ވެރިކަމުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިސްލާމީ މަރުކަޒުގައި އިމާމްވެ ދަމު ނަމާދު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިސަރުކާރުން ކަނޑައެޅި އުސޫލެއްގެ ތެރެއިން މިފަހަރު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވާނީ ޝެއިޚު ނަޞްރުﷲ އަލީއާއި އަލް ހާފިޒް މުޙައްމަދު ތާރިޤްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން