އަވަށްޓެރި އިންޑިއާގައި ކޮވިޑް 19 ކޮންޓްރޯލްނުވެ، ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެގައުމުގެ ބައެއް ހިސާބުތަކުގައި ބަލި މީހުންނަށް ފަރުވާ ނުދެވި އަޅާނުލެވި މަރުވާން ދޫކޮށްލަން މަޖުބޫރުވެފައިވާއިރު ގިނަބައަކު އެއްފަހަރާ މަރުވާތީ މަރުވާ މީހުންގެ ޖަނާޒާ ބޭއްވުމަށްވެސް ވަނީ ނުކުޅެދިފައެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަވަށްޓެރި އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެވަަނަ ރާޅާއެކު ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވެވަޑައިގެން، ހަމްދަރުދީވެ ވަޑައިގަންނަވާކަމަށެވެ. އަދި ދިވެހިރާއްޖެ އޮތީ އިންޑިއާގެ ރައްޔިތުންނާ އެކުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ރައީސް ސޯލިހު ވަނީ ކޮވިޑާ ދެކޮޅަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ވުޒާރާތަކުން އަޅަމުންގެންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެފަރާތްތަކަށް ތައުރީފް ކުރައްވާފައެެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ޑަބްލިއުޗްއޯއިން ވަނީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި އެ ގައުމު ކަނޑައަޅާފައެވެ. ރާއްޖެއިންވެސް މިހާރު ވަނީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކުގައި ތިބުން މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން