ބަރުލަމާނީ ނިޒާމު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރަށްވާ މަސައްކަތްޕުޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެހީތެރިވެވަޑައިގަތުމަކީ ދުރުކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި އަލްހާން ފަހްމީ މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްފިނަމަ ވެރިކަމުގެ ނިޒާމާއި ސަރުކާރު ބަދަލުކޮށްލުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަމަށެވެ. އަދި ބަރުލަމާނީ ނިޒާމް ގެންނަން ރައީސް ނަޝީދަށް ރައީސް ޔާމީން އެހީތެރިވެދެއްވުމަކީ ދުރުކަމެއް ނޫންކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރައީސް ޔާމީނަކީ ބަރުލަމާނީ ނިޒާމަށް ކުރިން ތާއީދުކުރެއްވި ބޭފުޅެއްކަމަށްވެސް، ރައީސް ޞާލިހު ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި އަލްހާން ވިދާޅުވިއެވެ.



"ރައީސް ޔާމީން ގެއަށް ގެނެސްފިނަމަ، ވެރިކަމުގެ ނިޒާމާ ސަރުކާރު ބަދަލުކޮށްލުމަކީ ވަރަށް ގާތުގައި އޮތް ކަމެއް! ބަރުލަމާނީ ނިޒާމު ގެންނަން މުހައްމަދު ނަޝީދަށް އެއްބާރުލުން ދެއްވުމަކީ ދުރުގައިވާ ކަމެއް ނޫން! ރައީސް ޔާމީނަކި ބަރުލަމާނީނިޒާމަށް ކުރިން ތާއީދުކުރެއްވި ބޭފުޅެއް!" އަލްހާން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދީފިނަމަ ވެރިކަމުގެ ނިޒާމާއި ސަރުކާރު ބަދަލުކޮށްލުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަމަށް އަލްހާން ވިދާޅުވިއިރު، ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިހާތަނަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން