ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 72އަށް އަރައިފިއެވެ.

ކޯވިޑް-19ގައި ރާއްޖެއިން މިއަދު ވަނީ އިތުރު މީހަކު ނިޔާވެފައެވެ. މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 72 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ.



ކޯވިޑް ޖެހިގެން މިއަދު މީހަކު ނިޔާވިއިރު، އެންމެފަހުން ކޯވިޑް ޖެހިގެން ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށްބަލާއިރު އަންގާރަދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެގެ އިރުއޮއްސި 6:00 އަށް ރާއްޖެއިން އިތުރު 386 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު ރާއްޖޭގައި ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު 4000 އިން މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން