މެމްބަރު މުޣްނީއާއި ރައީސް ނަޝީދު
މެމްބަރު މުޣްނީއާއި ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް، އެދާއިރާއާ ގުޅޭގޮތުން ބަސް ވިދާޅުވުމުގެ ފުރުޞަތު މިހާރު ނޯންނާނެކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ ވިދާޅުވެއްޖެއެވެ.

މުޣްނީ، ބޮންޑޭއަށް އަމާޒު ކުރަށްވައި މިހެން ވިދާޅުވާ އަޑާއި މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު އާއްމުވެފައިވާއިރު، ބެލެވޭ ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ތެރޭގައި ހިންގި ޒުވާބެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާބު ހިނގިއިރު އެހެން ބައެއް މެމްބަރުންވެސް ހާޒިރުވެވަވަޑައިގެން ތިއްބެވިއެވެ.

ވީޑިއޯއިން ފެންނަ ގޮތުން މުޣްނީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް ޕީޕީއެމުން ވާދަކުރި އަހުމަދު ނަރީޝް ކާމިޔާބުކުރެއްވި ހިސާބުން، އެދާއިރާއަށް ބަސް ވިދާޅުވުމުގެ ފުރުޞަތު ބޮންޑޭއަށް ގެއްލިއްޖެކަމަށެވެ.

މުޣްނީ ވިދާޅުވީ މާލެ މީހުންވެސް ވާދަކުރި ދާއިރާއެއް ކާމިޔާބުކުރީ ހުވަދުއަތޮޅަށް ނިސްބަތްވާ މީހަކު (ނަރީޝް)ކަމަށާއި، އެހެންކަމުން މީގެފަހުން މާފަންނު މެދު ދާއިރާއަށް ބަސް ވިދާޅުވާންޖެހޭނީ ނަރީޝްކަމަށެވެ.



ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން މާލެ ސިޓީގެ ބޮޑު އަޤްލަބިއްޔަތެއް ހޯދާފައިވާއިރު، މާފަންނު މެދު ދާއިރާ ކާމިޔާބުކުރެއްވީ ޕީޕީއެމްއިން ވާދަކުރި ހައުސިންގ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ އަހުމަދު ނަރީޝްއެވެ. ނަރީޝްގެ އިތުރުވެސް ރަށްރަށް ނިސްބަތްވާ ބައެއް ބޭފުޅުން މާލޭގެ ގޮނޑިތައް ކާމިޔާބުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން