މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ ޢާއްމު ޖަލްސާ އަންނަމަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ 2021 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް 16 މެއި 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައިކަމަށެވެ.

މިޖަލްސާގެ އެޖެންޑާގައި ވަނީ މިދިޔަ އަހަރު ބޭއްވި ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުމާއި ކުންފުނީގެ ހިންގާ ޤަވާއިދަށް ގެނެސްފައިވާ އިޞްލާޙު ފާސްކުރުންކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ 2021 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 4 މެއި 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.

މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެވަޑައިގަންނަަން ބޭނުންފުޅުވާ އެންމެހާ ޙިއްޞާދާރުން 14 މެއި 2021 ވަނަ ދުވަހުގެ 16:00ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވައިގެން ރަޖިސްޓަރ ކުރެއްވިދާނެކަމަށާއި އިންފިނިޓީ މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯ އެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން