ކޯސްޓްގާޑުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސް ބޯޓްތަކެއް: ބޭރުގެ ފަސް މަސްބޯޓު އެމްއެންޑީއެފް އިން ވަނީ އަތުލައިގެންފަ
ކޯސްޓްގާޑުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސް ބޯޓްތަކެއް: ބޭރުގެ ފަސް މަސްބޯޓު އެމްއެންޑީއެފް އިން ވަނީ އަތުލައިގެންފަ
ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސްބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ މި މަސް ބޯޓުތައް ފެނިފައި ވަނީ އެމްއެންޑީއެފުން ކުރިއަށްގެންދާ ކަނޑުގެ ސަރަހައްދުގެ ޕެޓްރޯލް ކުރުމުގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މަސްބޯޓްތައް ފެނުނީ މ. އަތޮޅާއި ވ. އަތޮޅާ ދެމެދު އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލް އެތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ފަސް މަސްބޯޓު ފެނިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް "ހުރަވީ" އަށެވެ. މިބޯޓްތައް މިހާރު ވަނީ "ހުރަވީ"ގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއީ ކޮން ގައުމެއްގެ މަސްބޯޓްތަކެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. މިއިން ކޮންމެ ބޯޓެއްގައި ހަމީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މިބޯޓްތައް މާލެ ގެނައުމަށް ހުރަވީ އާއިއެކު މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. ބޯޓުތަކަށް މާލެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާ މެންދުރުފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން