ފަލަސްތީނާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރަން ދައުވަތެއް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުުރަށްވަން އެމަނިކުފާނަށް ސިޓީއެއް ލިބި ވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ހާމަކުރެއްވީ އެމަނިކުފާނާއި ހަމަޔަށް ކަމެއް އައުމުން އެކަމުގެ މައުލޫމާތު ގިނަ ބަޔަކަށް ދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާނެ ދިމާ." މި ދައުވަތަށް އިޝާރާތް ކުރަށްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށާއި އެކަމާ މަޖިލީހުގެ އެއްވެސް މެންބަރަކު ދެބަސްވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ދެވެން އޮތް ނަމަ އެކަމެއްގައި އެހީ ވެދިނުމަށް ދިވެހިން ތިބޭނީ ތައްޔާރަށް ކަމަށާއި އަދި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވެނޭ މަގެއް ހޯދަން މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަތުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ޚިޔާލު ފާޅުކުރެވޭނެ ތަފާތު މަގުތަކެއް އެބަހުރި ކަމަށެވެ.

"އެ ހިޔާލު ފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތެއް އަޅުގަނޑުމެންނަށް ހޯދި އެގޮތުގެ މަތީގައި އަޅުގަނޑުމެން މަސައްކަތް ކުރިއަށް ދާން ޖެހޭނީ." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދަށް ދައުވަތެއް ލިބިވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ ގާތްގުޅުންތަކެއް ބޭއްވި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ބައެއް ވަޒީރުންނާ ސިއްރުން ބައްދަލު ކުރެއްވި މައްސަލަ އެއްވެސް އޭރު ހޫނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން