ދަރިވަރުން ތަކެއް އިމްތިހާން ހަދަނީ
ދަރިވަރުން ތަކެއް އިމްތިހާން ހަދަނީ
މިއަހަރުގެ އޭއެސް/ އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ދީފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އައިއޭއެލް ފިޒިކްސް ޔުނިޓް-1 ގެ ކަރުދާސް ލީކް ވީކަމަށް ލިބުނު މައުލޫމާތާއެކު އެކަން ބަލާފައިވާ ކަމަށެވެ. މި އަޑުތަކާ ގުޅިގެން މިނިސްޓްރީން ބުނީ އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާ އެއްގޮތަށް ކުރިޔަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެ ވެސް ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށާއި، މިމައުލޫމާތާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.



އޭއެސް/އޭލެވެލްގެ ޕޭޕަރުތައް ބައެއް ދަރިވަރުން ގެންގުޅެމުންދާއިރު މި ޕޭޕަރުތަކުގެ ކޮޕީ އެކި ވައިބަރ ގުރޫޕްތަކާއި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ޕޭޕަރުތައް ލީކުވެފައި މިވަނީ ފިޒިކްސް ޔުނިޓް-1 ޕޭޕަރު ލީކުވެ އެމައްސަލަ ބަލަމުންދަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. ފިޒިކްސް ޔުނިޓް-1ގެ އިމްތިހާނު އޮތީ އިއްޔެ މެންދުރުފަހު 2:00ގައެވެ. ނަމަވެސް އެ ސުވާލު ކަރުދާސް އިއްޔެ ހެނދުނުއްސުރެ ފަށައިގެން ދައުރުވަމުން އަންނަކަން ވަނީ އެނގިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން