އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.37 ބިލިއަން ރުފިޔާއެވެ. މިއީ އެކުންފުނީގެ 40 އަހަރުވީ ދިގު ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ މިއަދު މިވަނީ ކުންފުނީގެ ވެބަސައިޓްގައި އާންމުކޮށްފައެވެ. ކުންފުނީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު %253 އިތުރު އަދަދެކެވެ. އެގޮތުން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ހިއްސާއަކަށް 3 ރުފިޔާއެވެ. 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 2 ރުފިޔާއެވެ.

2020 ވަނައަހަރުގެ ކުންފުނިން ޙާޞިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން 2020 ވަނަ އަހަރު ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔަބުކަމާއިއެކު ހިންގިފައެވެ. އެގޮތުން 36 މަޝްރޫއެއްގެ މަސައްކަތްތަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް 2020 ވަނަ އަހަރުގެ ތެރޭގައިވަނީ ހިންގިފައެވެ. އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް މާލެ ސަރަހައްދުގައި އަދި އަތޮޅުތެރޭގެ ޒޯން 5،4،3،2،1 އަދި 6 ގައި ވަނީ ކުރިއަށްގެންދެވި، 16 އަތޮޅެއް ގުޅުވައިދީފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން