ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

ދެވަނަ ބުރުގެ ވޯޓުލުން މިއަދު 9:00 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4:00 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ހއ. ތަކަންދޫއާއި ހއ. އުލިގަމާއި ނ. މަގޫދޫއާއި ރ. މާކުރަތާއި ބ. ކެންދޫއާއި ބ. ކިހާދޫއާއި ވ. ފުލިދޫއާއި މ. ރަތްމަންދޫއާއި ފ. ދަރަނބޫދޫގެ އިތުރުން ލ. ކަލައިދޫގައެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނީ ބައެއް ރަށްރަށުގައި ވޯޓު އެއްވަރުވެގެންނާައި އަދި ބައެއް ރަށްރަށުގައި ދާއިރާއިން ބޭރު މީހުން ވޯޓުލުމާއި ގުޅިގެން އެރަށްރަށުގައި މުޅި އިންތިހާބު އަލުން ބާއްވަން ޖެހުމުންނެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިމީ ނަތީޖާވެސް މިހާރު ވަނީ އިޢުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން