ލަންކާގެ މަސް ބޯޓްތަކެއް
ލަންކާގެ މަސް ބޯޓްތަކެއް
މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، ހިފެހެއްޓީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިބޯޓުތައް އަތުލައިގަތީ މިދިޔަ ބުދަ ދުވަހުގެ އިރާކޮޅު، ވ. އަތޮޅާ ދިމާ އިރުން އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ 30 ނޯޓިކަލް މޭލު އެތެރެއިންނެވެ. އޭގެތެރޭގައި ފަސް ބޯޓެއް ހިމެނެއެވެ.

މިބޯޓުތައް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ޕެޓްރޯލް ދަތުރެއްގެ ތެރެއިންނެވެ. މިއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓުތައް ހުޅުމާލެއަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ލަންކާއަށް ނިސްބަތްވާ ބޯޓުތަކެއް ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ އަންނަނީ ބަލަމުންކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން