މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައިވެއެވެ. އަދި ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ނަތީޖާ، މަސައްކަތްތެރިންގެ ހިތްވަރުން ފެންނަމުންދާކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު މެސެޖުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.





ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުވަހާއި ގުޅިގެން އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ 2021 ވަނަ އަހަރު ނިމެންވާއިރު އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ އަމާޒެއްކަމަށެވެ. އަދި މަސައްކަތްތެރިންނަށް ބޭނުންވާ މުހިންމު ދެ ގާނޫނެއް މިއަހަރު ތެރޭގައި މަޖިލީހުން ފާސްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ވުޖޫދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި މަސައްކަތްތެރީންނާ ގުޅޭ ދެގާނޫނަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން