ރައީސް ޞާލިޙު ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއެކު
ރައީސް ޞާލިޙު ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއެކު
މަސައްކަތްތެރިންނަށް ލިބޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީއިން ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް އެ ޕާޓީން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.



ރައީސް ނަޝީދު ތަކުރާރުކޮށް މިގޮތަށް ވިދާޅުވި ނަމަވެސް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް ވައުދުވި ގޮތަށް މިނިމަމް ވޭޖްގެ މައްސަލަ ސަރުކާރަށް ތިން އަހަރުވެގެންދާއިރުވެސް ހައްލު ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ އަހަރުގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ސާވިސް ޗާޖާ ބެހޭ އިސްލާހުވެސް އެ މަހުގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ވަނީ 4000 އާއި 8000 ރުފިޔާ އާ ދެމެދުގެ އަދަދެއް އެންމެދަށް މުސާރައިގެ ގޮތުގައި ކަނޑައެޅުމަށް ނިއްމާފައެވެ. 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖު ކަނޑަޅުން ލާޒިމުވާނެގޮތަށް ވަޒީފާއާއި ބެހޭ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މަސައްކަތްތެރީންގެ އެންމެ ދަށް މުސާރަ ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 އާއި ރައީސްގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން