ޕެންޝަން ފައިސާ މިހާރަށްވުރެ ފުޅާގޮތެއްގައި ބޭނުން ކުރެވޭނެ މަގު ފަހިވުމަކީ މަސައްކަތްތެރިންގެ އުއްމީދެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތްތެރިންގެ ގައިބާރު ދެރަވާ ދުވަހު ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތަށް އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިވާންޖެހޭ ކަމަށެވެ.
"ޕެންޝަން ފަންޑުގައި ރައްކާކުރެވޭ ފައިސާ މިހާރަށްވުރެ ފުޅާގޮތެއްގައި ބޭނުންކުރެވޭނެ މަގުފަހިވުމަކީ މަސައްކަތްތެރިންގެ އުއްމީދެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ފަދަ ހުނަރުވެރި، ގާބިލް މަސައްކަތްތެރިން ރާއްޖޭގައި އުފެއްދުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެފަދަ ގާބިލު ކަމެއް ލިބިފައިނެތް ނަމަ، މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ދަތިތަކާއި ކުރިމަތިވާނެކަން އާދަމް ޝަރީފް ވަނީ ފާހަަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ވަޒީފާގެ ފުރުސަތުތައް ދަތި މި ދުވަސްވަރު، އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް، ނުވަތަ މޭ ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ފުރަތަމަ ދުވަހު މަސައްކަތްތެރިންގެ އަގުވަޒަންކޮށް ފާހަގަކުރަމުންދާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު