ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު 32 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު އަލީ ހާޝިމް މިހެން ވިދާޅުވީ، އެމްއެމްއޭގެ 2020ގެ އަހަރީ ރިޕޯޓަށް ދެއްވި ސްޓޭޓްމެންޓްގައެވެ. ގަވަރުނަރު އަލީ ހާޝިމްގެ ސްޓޭމަންޓްގައި ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އެކަން އެހެން ދިމާވީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައުމުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު ދަށްވެ، ކާބޯތަކެތީގެ އަގު ތިނެއް އިންސައްތަ އުފުލިފައި ވާކަމަށް ގަވަރުނަރު ވިދާޅުވިއެެވެ. އެއާއެކު އިޤްތިޞާދު 32 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތި ހާލަތްތަކުގެ ތެރެއިންވެސް، ރާއްޖޭގެ ޕޭމަންޓް ނިޒާމް ޒަމާނީ ކުރުމަށްޓަކައި އެމްއެމްއޭ އިން ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި އާ ޕޭމަންޓް ނިޒާމެއް އެތެރޭގެ ފައިސާގެ މުއާމަލާތްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް، ގަވަރުނަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން