އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިންޓަނެޓު އަގުހެޔޮކުރުމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށާއި ބައެއް މީޑިއާ ތަކުން ފަތުރަމުން ދަނީ މުޅިން ތެދުވާހަކަތަކެއް ނޫންކަމަށް ސައެންސް ޓެކްނޮލިޖީ އެންޑް ކޮމިއުނިކޭޝަންސް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާޢީލު މިިރޭ ވިދާޅުވެއްޖެއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިގޮތަށް ވިދާޅުވީ އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށް ބުނެ އަދި މަޝްވަރާ ކުރަމުންދާ އަގުތައް ކަމަށްބުނެ ބައެއް މީޑިޔާތަކުން ފަތުރާ ޚަބަރުތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ފައްޔާޒު ވިދާޅުވީ އެއީ ސައްތައިން ސައްތަ ޞައްޙަ ޚަބަރެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ޓެކްނިކަލް ފަރާތްތަކާއެކު ވާހަކަދައްކަމުން ގެންދާތާ ދެމަހެއްހާ ދުވަސް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އިންޓަރނެޓްގެ އަގުހެޔޮކުރުމާއި ގުޅިގެން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ރަނގަޅު މާނަވީ ބަދަލުތަކެއް އަންނާނެ ކަމުގެ ޚަބަރު މިނިސްޓަރު ވަނީ ދެއްވާފައެވެ.



އިންޓަނެޓްގެ އަގުހެޔޮކޮށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން ބުނެފައިވަނީ 2023 ގެ ކުރިން އިންޓަނެޓްގެ އަގުހެޔޮކުރާނެ ކަމަށެވެ.

ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުންގެންދާ ދިރާގާއި އުރީދޫއިން ހަމައެކަނި ޑޭޓާވިއްކައިގެން އަގުނަގާ ގޮތަށް ވިއްކާ އިންޓަނެޓް ޕެކޭޖް އަވަހަށް ހުސްވާތީއާއި ޕެކޭޖްގެ ފެއާ ޔޫސޭޖް ހުސްވުމުން އެއްގޮތަކަށް ވެސް ޚިދުމަތް ނުލިބޭތީ ރައްޔިތުން އިންޓަނެޓަށް ހައްދެއްނެތި ޚަރަދުކުރަން ޖެހިފައިވާ މައްސަލައިގައި ގިނަ ބަޔަކު ދަނީ އެދެކުންފުނީގެ ޚިދުމަތާއިމެދު ހިތްހަމަ ނުޖެހި ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން