ދިވެހި ރައްޔިތުން އުއްމީދުކުރަނީ އާ ވެރިއެއް ޤައުމާ ހަވާލުވުމަށްކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިސަރުކާރު ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި މަލީހުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ޚާއްސަކޮށް މަލީހުގެ ފާޑުކިއުންތައް އެމްޑީޕީއަށް ވަރަށްބޮޑަށް އަމާޒުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްލި މަލީހު މިއަދު ވިދާޅުވީ ސަރުކާރު ނުހިންގި ދަބަރަށްވެއްޖެކަމަށެވެ. އަދި މިހާރު ރައްޔިތުން އުންމީދު ކުރަމުންދަނީ އާ ވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކިޖެހިފައިވާ ކަންކަން ހިގައިގަންނާނެ ދުވަހަކަށްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެމްޑީޕީއަކީ ސުލޯ، ކަންނުވާ ލީޑަރުން އުފައްދާ ޕާޓީއެއްކަމަށާއި ސަރުކާރަށް މިހާރު އެންމެ ގަދަޔަށް ބަވަނީވެސް އެމްޑީޕީ ކުދިންކަމަށެވެ.

"ސަރުކާރު ނުހިންގި ދަބަރައްވެ ނިމިއްޖެ. މިހާރު ރައްޔިތުން އުންމީދު ކުރަމުންދަނީ އާވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކިޖެހިފައިވާ ކަންކަން ހިގައިގަންނާނެ ދުވަހަކަށް. އެމްޑީޕީއަކީ ސުލޯ ކަންނުވާ ލީޑަރުން އުފައްދާ ޕާޓީއެއް. ސަރުކާރަށް މިހާރު އެންމެ ގަދަޔަށް ބަވަނީ އެމްޑީޕީ ކުދީން." ޖަމީލު ވިދާޅުވިއެވެ.



ރައްޔިތުން އުއްމީދުކުރަނީ އާ ވެރިއެއް ގައުމާ ހަވާލުވުމަށް ކަމަށް މަލީހު ވިދާޅުވިއިރު، މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން ބައެއް ވަޒީރުން ބޭރުކޮށް، އާ ބޭފުޅުން މަޤާމުތަކަށް އައްޔަންކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން