ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ޓެންޑަރަށް އިންޑިއާގެ 4 ކުންފުންޏެއް ޕްރީކޮލިފައިކޮށްފިއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫޢު، ޖީ.އެމް.ސީ.ޕީ ނުވަތަ މާލެ-ތިލަފުށި ލިންކް، އެމް.ޓީ.އެލް މަޝްރޫޢަށް ބިޑް ހުށައެޅުމުގެ ސުންގަޑި މިމަހުގެ 5 ވާ ބުދަ ދުވަހަށް ހަމަވާނެއެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫއަށް ހުޅުވާލާފައިވާ ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން އިންޑިއާގެ 4 ކުންފުންޏެއް ޕްރީކޮލިފައި ކޮށްފައިވާކަމަށެވެ. އެ 4 ކުންފުންޏަކީވެސް މިފަދަ މަޝްރޫއު ތަކުގެ މަސައްކަތުގެ ތަޖުރިބާއާއި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް އަދި ފަންނީ ޤާބިލިއްޔަތުކަމުގެ އިތުރުން މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއްކަމަށެވެ.

މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖް ޕްރޮޖަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީކުރަމުންދާ ގުޅީފަޅު ޕޯޓްގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި ކޮންމެހެން މުހިންމު ކޯސްވޭ ލިންކެކެވެ.

6.7 ކިލޯ މީޓަރުގެ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ބޭނުން ކުރަން ފެށުމުން، މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލައިދޭނެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ. މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ އެކި ތާރީޚުތައް ސަރުކާރުން ދިން ނަމަވެސް އަދި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ނޭނގެއެވެ. މި ބްރިޖް އެޅުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން