މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް އެންޓި ޓޯޗާ ގާނޫނުގެ ދަށުން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފިއެވެ.

އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއްކަމުން، ކޮންމެ ރައްޔިތަކަށް ވެސް އެ ހައްގު ލިބެން ޖެހޭ ކަމަށެވެ.

"ރޭގެ މި ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން މި މައްސަލަ ކޮމިޝަނުން ބަލަމުންދާނެ ވާހަކަ ދަންނަވަމެވެ." އެޗްއާރުސީއެމުން ބުނެފައިވެއެެވެ.

ރޭގެ މުޒާހަރާގައި ފުލުހުންް، ނޫސްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކަން ތަހުގީގު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގުކުރަން މިހާރު އަމުރުކުރައްވައިފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން ބުނީ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިންނާއި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުންގެ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން