ބަނގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން މަނާކުރުމާއި ގުޅިގެންނެވެ. މޯލްޑިވިއަނުން އޭރު ވަނީ އޭޕްރީލްމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ޑާކާއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފައެވެ.



މޯލްޑިވިއަނުން ބުނީ އެ އެއަރލައިނުން ޑާކާއަށް ކުރަމުންއައި ދަތުރުތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އަލުން ފަށާނެކަމަށެވެ. ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 3 ދަތުރު ޑާކާއަށް ކުރާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޯވިޑް-19 އަށްފަހު މޯލްޑިވިއަނުން ކުރަމުން އައި ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި މަންޒިލްތަކުގެ ތެރޭގައި ބަނގްލަދޭޝްގެ ޑާކާ ހިމެނޭއިރު މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން