މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތް ލަސްވެގެން އިންސާފު ނުލިބި ނޯންނާނެ ކަމަށާއި އެ ކޮމިޓީގެ ބޮލުގައި އެޅުވީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަދަނީ އިޖުރާތުގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވަނީ ވަކިވަކި ބާބުތަކަށް ކަމަށާއި އެއީ ބިލްތައް މަޖިލީހަށް ފޮނުވަންޖެހޭ ގޮތް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބުން ބިލް ދިރާސާ ކުރުމަށް އުނދަގޫވުމުގެ ސަބަބުން ބިލް އަނބުރާ ފޮނުވާލަން ނިންމި ކަމަަށް އިންތި ވިދާޅުވިއެވެ.

މަދަނީ އިޖުރާތުގެ އަސްލު ފުރިހަމަ ބިލު މަޖިލީހަށް ލިބުނީ އަހަރެއް ފާއިތުވެގެން ދިޔަ ފަހުން ކަމަށް އިމްތި ވިދާޅުވިއެވެ. އެގޮތުން ބިލު ލިބުނީ 4 ނޮވެމްބަރު 2020 ގައި ކަަމަށާއި އެއީ މަޖިލީހުން ބަޖެޓުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކަން އިންތި ވަނީ ފާހަގަކުރައްވާފައެެވެ.

"އަހަރެއްހާ ދުވަސް ބޭކާރު ވެގެން މިދިޔައީ ބިލްގެ އަސްލު ވާޝަން މަޖިލީހަށް ނުފޮނުއްވުމުގެ ސަބަބުން، މިކަން މިގޮތަށް ކުރެއްވުމަށްފަހު ރައީސްގެ ލީގަލް ކައުންސިލް ދެއްކި ވާހަކަތަކަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް، އެވާހަކަތައް އަޅުގަނޑުމެން ބަލައެއް ނުގަންނަން." އިންތި ވިދާޅުވިއެވެ.

އިމްތިޔާޒު އިތުރަށް ވިދާޅުވީ ރޭ ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސްގެ ލީގަލް ކައުންސިލް ދެއްކި ވާހަކަތަކަކީ މަންދު ކޮލެޖުގެ ވެރިޔާއަށް ބަދަލު ހޯދައިދިނުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލަކީ މަންދުކޮލެޖް ތަމްސީލްކުރާ ލީގަލް ފާމްގެ މަސްލަހަތު އޮންނަވެސް ބޭފުޅަކަށްވާތީ އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭކަމަށް އިމްތިޔާޒް ވިދާޅުވިއެެވެ. ލީގަލް ކައުންސިލްގެ ވާހަކަތައް ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަހްމަދު އަފީފް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އަދުލުގެ ނިޒާމުގެ ބިލް ގާނޫނަކަށްވެފައިނުވުމަކީ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށެވެ. އަފީފް ވިދާޅުވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެބިލު އަދިވެސް އޮތީ މަޖިލީހުގެ ކޮމެޓީއެއްގައި ކަމަށާއި އެހެންކަމުން އެހާ ގިނަ ދުވަސްވެގެންދާއިރު އެބިލު ގާނޫނަކަށް ވެފައި ނުވާތީ އެއީ އިންސާފު ލިބިިދިނުމުގައި ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަފީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން