އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ ފުރުސަތު ކުޑަވާނެކަމަށް އިނގިރޭސިވިލާތުގެ އެޑެކްސެލްއިން ބުނެފައިވަނިކޮށް، އަނެއްކާވެސް އޭލެވެލް އިމްތިހާނުގެ އިތުރު ޕޭޕަރެއް ލީކުވެއްޖެއެވެ.

މިފަހަރު ކެމިސްޓްރީ ޔުނިޓް2ގެ ޕޭޕަރު ލީކުވެފައިވާއިރު، އެއީ މިއަދު 1:30ގައި އޮންނަ ޓެސްޓްގެ އިމްތިހާން ކަރުދާހެވެ. އެ ޕޭޕަރު ވަނީ އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުގައި ލީކުކޮށްލާފައެވެ.

މިދިޔަ ހަފްތާގައި ހެދި ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރުވެސް ލީކުވެފައިވާއިރު، މިއަދުން ފެށިގެން އެ މައްސަލަ ދިމާނުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިއްޔެ އެޑެކްސެލްއިން ދީފައިވަނިކޮށް، ކެމިސްޓްރީ ޕޭޕަރުވެސް މިވަނީ ލީކުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޕޭޕަރުތައް ލީކުވީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށާއި ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންކަމަށެވެ. މިމައްސަލައިގައި އެޑެކްސެލްއާއެކު މަޝްވަރާ ކުރަމުން އަންނައިރު ލީކުވި ޕޭޕަރުތައް އަލުން ހެދުމަށް އެޑިއުކޭޝަނުން ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން