މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖުގައި ރެނދެއް އަޅާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ހައުސިންގ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާ ކަމަށްބުނެ ދައުރު ކުރަމުންގެންދާ ފޮޓޯތަކެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެކަމާއި ގުޅިގެން އެމިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ ފަރާތުން ވަނީ ސިނަމާލެ ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށް ބުނާ ސަރަހައްދުގެ އިންސްޕެކްޝަނެއް ހަދާފައިކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



ހައުސިންގ މިނިސްޓްރީން ބުނީ އެ އިންސްޕެކްޝަނުން، މިހާރު ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަން ޔަގީން ކުރެވިފައިވާކަމަށެވެ. އަދި އެ ފޮޓޯއިން ފެންނަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ އެކްސްޕެންޝަން ޖޮއިންޓްތަކަކުން ފެން ފައިބާފައިވާ މާރކުތަކެއްކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިއެވެ. އަދި މި މާރކުތައް މިހާރު ސާފުކޮށްފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.



2018 ވަނަ އަހަރުގެ އޮގަސްޓްމަހު ހުޅުވި ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއެވެ. މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ ނިސްބަތުން ގުނާލެވޭ ޗައިނާގެ ތަޖުރިބާކާރު ކުންފުންޏަކުން ކޮށްފައިވާ މި މަސައްކަތަކީ އެފަންނުގެ ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގެ ވެސް ތަޖުރިބާ ބޭނުންކޮށްގެން ހިންގާފައިވާ ބިޔަ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން