މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީމަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ނިންމީ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފުތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް ވެކްސިން ދިނުމަށް އިސްކަން ދިނުމުގެ ގޮތުންކަމަށެވެ.



އެޗްޕީއޭއިން ބުނީ ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށާއި، ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލެވޭނެކަމަށެވެ.



އެޗްޕީއޭއިން ބުނީ މިބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއްކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިނުގެ ދެވަނަ ޑޯޒް ދެވޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން