މިއަހަރުގެ އޭލްވެލް އިމްތިހާނު ކެންސަލް ކުރުމުން ހުރިހާ ދަރިވަރުން ވެސް އޮކްޓޯބަރު/ ނޮވެމްބަރުގައި އޮންނަ އިމްތިހާނު ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާދާމާއިން ފެށިގެން އޭލެވެލް އިމްތިހާން ކުރިއަށް ނުގެންދިޔުމަށް ނިއްމައިފައިވާ ކަމަށެވެ. އޭލެވްލް އިމްތިހާނުގެ ބަދަލުގައި ދަރިވަރުންނަަށް ދެ ފުރުސަތުދޭން ނިންމާފައިވާ ކަމަށާއި، އޭގެތެރެއިން އެއްގޮތަކީ އޮކްޓޯބަރު/ ނޮވެންބަރުގައި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ގޮތަކީ، އިމްތިހާނު ހެދި ކުދިންގެ ތެރެއިން މިހާރު އިމްތިހާނު ހަދަން ބޭނުންވާ ކުދިންނަށް ޓީޗާސް އެސެސްމެންޓު ބޭސްޑު އިމްތިޙާނެއް ހެދުމުގެ ފުރުސަތު ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަަދު އިހުސާން ވިދާޅުވީ ޓީޗާ ބޭސްޑް އެސެސްމަންޓު ތައްޔާރުކޮށް ދަރިވަރުންނަށް ދޭނީ އެ ދަރިވަރަކު ކިޔަވާ ސްކޫލުން ކަމަށެވެ. އެ މާކްސްތަކާއެކު ދަރިވަރުން ހަދާފައިވާ މޮކް އިމްތިހާނުގެ ނަތީޖާއާއި ޓީޗަރުން ދަރިވަރުންނަށް ތައްޔާރުކޮށްފައިވާ ފޯކާސްޓް ގްރޭޑުތައް ވެސް ހިއްސާކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެ މާކްސްތަކާއި އެވިޑެންސްތަކަށް ބެލުމަށްފަހު ހަމަ އެޑެކްސެލްގެ ސެޓްފިކެޓް އެ ކުދިންނަށް ލިބިގެންދާނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ މަހުގެ މެދަކާ ހަމައަށް ދިއުމުގެ ކުރިން ނަތީޖާތައް އެޑެކްސެލަށް ފޮނުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓީޗާސް ބޭސްޑް އެސެސްމަންޓު އިހުތިޔާރުކުރާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ކޮލެޖު/ޔުނިވާސިޓީތަކުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހެޅުމުގެ ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ހުރިހާ ދަރިވަރުން ވެސް އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމަށް އެޑިއުކޭޝަން މިިނިސްޓްރީ އިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން