މާލެ ސަރައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް އެޗްޕީއޭ އިން ނިއްމައިފިއެވެ.

އެޗްޕީއޭއިން ރޭ ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމުން، ދޭން ނިންމާފައިވާ ލުއިތައް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ނިއްމާފައެވެ.

އަދި އެފަދަ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އެޗްޕީއޭއިން ބުނީ ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެ ކަމަށެވެ. އަދި ހުއްދައާއެކު ދަތުރުކުރާ ފަރާތްތައްވެސް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެެވެ.

މި ނިންމުންތަކަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށެވެ. އަދި ހާލަތަށް ބެލުމަށްފަހު އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން