މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަލުން ވެކްސިން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކޮވިޝީލްޑަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޖެހި ވެކްސިން ކަން ފާހަގަކޮށްލެވެއެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި 12 ހަފްތާ ހަމަވެގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ މީހުންގެ އަދަދު ވެސް 20،000 އަށް ވުރެ މައްޗަށް އަރާ ކަމަށް އެޗްޕީއޭ އިން ދާދިފަހުން ވަނީ ބުނެފައެވެ.



ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ވެކްސިނުގެ ސްޓޮކް މަދުވެެފައިވާކަން ހެލްތު މިނިސްޓްރީންނާއި، ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްްސިނެއް ކަމެއް އަދި ސާފު ނުވާކަމަށް މަބްްރޫކް ވަނީ ވިދާޅުވެފައެވެ.

ވެކްސިން ޖެހުން މެދުކަނޑާލާފައިވާއިރު، މިރޭ 9:00 ޖަހާއިރު ވެކްސިން ޖެހުމަށް ޓޯކަން ނަންބަރު ދޫ ކުރާތީ، ހެނދުނު 11:00 އިން ފެށިގެން މީހުން ވަނީ ސޯޝަލް ސެންޓަރު ކައިރީ ކިއޫ ހަދަން ފަށާފައެވެ.

ކޮވިޝީލްޑަކީ އިންޑިއާގެ ސިރަމް ކުންފުނިން އުފައްދާ ވެކްސިނެކެވެ. އިންޑިއާގައި ވެސް މިހާރު ވަނީ ވެކްސިންގެ ސަޕްލައި މަދުވެގެން ވެކްސިންދޭ ބައެއް މަރުކަޒުތައް ބަންދުކޮށްފައެވެ. ސިރަމް ކުންފުނިން ބުނެފައިވަނީ ވެކްސިނަށް ދަތިނުވާވަރަށް ވެކްސިން ދެން ލިބެންފަށާނީ އަންނަ ޖުލައި މަހުން ފެށިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން