ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންގެ ތެރެއިން 25 އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް މުވައްޒަފުންގެ ތެރެއިން 99 އިންސައްތަ މުވައްޒަފުންނަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. އަދި 25 އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ވެކްސިން ޕްރޮގްރާމް ފެށިތާ ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.
ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކާ، "އަހަރެން ވެކްސިން ޖަހައިފިން،" ނުވަތަ "އައިއޭމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއްވެސް ވަނީ ދާދިފަހުން ފަށާފައެވެ.

With 99% of resort employees given the 1st dose vaccine and 25% of them fully vaccinated; and with over 9 months of Covid management experience the #Maldives is now a much safer destination.@visitmaldives #VisitMaldivesNow
— Ministry of Tourism (@MoTmv) May 3, 2021
ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ވެކްސިން ޕްރޮގްރާމް ފެށިތާ ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.
ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކާ، "އަހަރެން ވެކްސިން ޖަހައިފިން،" ނުވަތަ "އައިއޭމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއްވެސް ވަނީ ދާދިފަހުން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު