މިމަހުގެ 5 އިން 15އަށް ބޭންކުތައް ހުޅުވާނެ ދުވަސްތައް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ މިމަހުގެ 5 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ބޭންކިންގ ވަގުތުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެމްއެމްއޭއިން ބުނީ މިމަހުގެ 5 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުތައް ހުޅުވައިގެން ހިދުމަތްދޭނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ.



އެމްއެމްއޭއިން ބުނީ މިދުވަސްތަކުގައި އެމްއެމްއޭއިން ބޭންކިންގ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 12:00 އަށް، އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ވެސް އެވަގުތު ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ސަރުކާރުން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރުމުގެ އިތުރުން، ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން