މާލޭގެ ވެކްސިން ޖެަހާ މަރުޖަޒެއް (ރަސް ފޮޓޯ- ޝާހު)
މާލޭގެ ވެކްސިން ޖެަހާ މަރުޖަޒެއް (ރަސް ފޮޓޯ- ޝާހު)
އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑު ވެކްސިން ދޭން އަލުން ފަށާނީ ވެކްސިނުގެ އައު ޝިޕްމެންޓެއް ލިބުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތު މުޅި ދުނިޔޭގައިވެސް ގޯސްވުމުގެ ސަބަބުން ވެކްސިން ލިބުމުގައި ހުރިހާ ޤައުމުތަކަށްވެސް ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޚާއްޞަކޮށް އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ވެކްސިން ހޯދުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ކުރިމަތިވި ދަތިކަން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ. އަދި ވެކްސިންގެ އިތުރު ޑޯޒްތައް ލިބެންދެން، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑު ވެކްސިން ޖަހައިދިނުން މެދުކަނޑައިލަން ނިންމާފައިވާ ކަމަށް އެޗްޕީއިން ބުނެ އެވެ.



އެހެންނަމަވެސް އެމަޖެންސީ ހާލަތްތަކުގައާއި ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭންޖެހޭ މީހުންނަށް ކޮވިޝީލްޑް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެެވެ. އެޗްޕީއޭއިން ބުނީ ކޮވިޝީލްޑު ވެކްސިން ޖެހުން ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަލުން ފަށާނެ ތާރީޚެއް ނޭނގޭ ކަމަށާއި އެ ތާރީޚު ފަހުން އިޢުލާނުކުރެވޭނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަށް ވެކްސިނުގެ ބެޗުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ވެކްސިންގެ އައު ބެޗެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 300،000 ޑޯޒެވެ. އެއީ އިންޑިޔާ ސަރުކާރުން ހަދިޔާކުރި 200،000 ޑޯޒާއި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ގަތުމަށް އެއްބަސްވި 300،000 ޑޯޒުގެ ތެރެއިން 100،000 ޑޯޒެވެ. މީގެއިތުރުން ރާއްޖޭގައި ދެން އާންމުކޮށް ޖަހަމުން ގެންދަނީ ޗައިނާގެ ސިނޮފާމް ކޮވިޑް ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން