ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ވަކިކުރި ކަމާއި މެދު އެކަމަނާ ނިސްބަތްވާ ރައީސް މައުމޫންގެ އެމްއާރުއެމުން ސުވާލު އުފައްދައިފިއެވެ.

ޒަހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޒަހާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަންގަވާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބުނެއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވަނީ ޒަހާ މަގާމުން ވަކިކުރިކަމާމެދު ސުވާލުު އުފައްދަވައި ޓުވީޓެއް ކުރައްވާފައެވެ. މީގެ އިތުރުން ޒަހާ ވަކިކުރި ކަމަށް ދެކެވޭ ވާހަކައަކީ ތެދު ޚަބަރެއް ނޫން ކަމަށް ދޭހަވާ ފަދަަ މޭރުމަކުން އަލީމް ވަނީ ވާހަކަ ދައްކަވާފައެވެ.

"‏ކަނުކަލޮޔަށް އިރުވާހުދު ދައްކާ އުޞޫލުން އަދި ހަމަ ޚަބަރެއް ފެތުރުނެއް ކަމަކު ހިކިހިތްވަރު އަރައިގެން ނަގުލުން ބަޑިއަޅާކަށް ނުޖެހޭ ދެއްތޯ؟ އަލީމް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރޭގެ ދަންވަރުގެ ވަގުތެއްގައި މަޤާމުން ވަކިކޮށްފައި ވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ބުނި ނަމަވެސް ޒަހާ މިއަދު ވަނީ މަސައްކަތަށް ނުކުމެވަޑައިގެންް އޮފިޝަލް އިވެންޓެއްގައިވެސް ބައިވެރިވެވަޑައިގެން ރަސްމީ މަސައްކަތުގައި އުޅުއްވާފައެވެ. ޒަހާ މަައްސަލައިގައި ރައީސް އޮފީހުން ވާހަކަ އެއް ނުދެއްކިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން