ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ޝަރުއީ ކޯޓުތައް ބަންދުނުކޮށް ހިދުމަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނިންމައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އާންމުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ވަނީ ނިންމާފައި." ޖޭއެސްސީއިން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

ކޮވިޑް ކޭސްތައް މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުގައި ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އިއްޔެ އެކަނިވެސް މާލެއިން 400 އާ ގާތްކުރާ އަދަދަށް މީހުން ޕޮޒިޓިވްވެފައިވާއިރު މުޅި ރާއްޖެއިން 585 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވެފައި ވާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތަށް ވަރުގަދަކޮށްފައެވެ. އެގޮތުން ސުކޫލުތައް ބަންދުކޮށް ސަރުކާރުގެ އޮފީސްތައް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ވަނީ ނިއްމާފައެވެ. މާދަމާ ރެއިން ފެށިގެން ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް ވެހިކަލް ކާފިއު ހިންގުމަށް ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން