ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް ލަފާކުރެވެނީ ދެ ހަފުތާއެއްހާ ދުވަހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އާދަޔާ ހިލާފަށް މައްޗަށް ދާއިރު އެ އަދަދު ދަށް ނުކުރެވޭ ނަމަ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ހޮސްޕިޓަލްތައް މިހާރު ވެސް ދަނީ ފުރެމުން ކަމަށާއި ކޮވިޑްގައި އެންމެ ހާލުބޮޑުވާ މީހުންނަށް ފަރުވާދޭ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 މިހާރު ވެސް ފުރިފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.



"އަޅުގަނޑުމެންނަށް މި ނަމްބަރުތައް ދަށަށް ނުގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،"  މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެެވެ. ވޭތުވެދިޔަ ސައުވީސް ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 600 އަށް ވުރެ މައްޗަށް އަރާފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން