ރޯދައަށްހުރެ ދައުލަތުގެ ޚަޒާނާ ބަޑަށް ދިރުވާލުމުން ރޯދަ ގެއްލޭނެތޯއޭ ވިދާޅުވެ، އދ. ގެ ސްޕެޝަލް ރެޕަޓުއާއެއްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ސުވާލު އުފައްދަވަވައިފިއެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މި ސުވާލު އުފައްދަވާފައިވީ ނަމަވެސް އެއީ ޚަޒާނާއިން ގެއްލުނު ކޮން ފައިސާއެއް ކަމެއް އަދި އެއިޝާރާތް ކުރަށްވަނީ ކޮން ބޭފުޅަކަށް ކަމެއް ފާހަގަކުރަށްވާފައެއް ނުވެއެވެ. ރޯދައަށްހުރެ ދައުލަތުގެ ޚަޒާނާ ބަޑަށް ދިރުވާލުމުން ރޯދަ ގެއްލޭނެތޯ ވިދާޅުވެ ޑރ. ޝަހީދު މިއަދު ސުވާލު ކުރައްވާފައިވާއިރު މިސަރުކާރުގައި ދައުލަތުގެ ފައިސާއިން ޚިޔާނަތްވެފައިވާ ބޮޑެތި މައްސަލަތަކާއި ބަދަލު ދިނުމުގެ ނަމުގައި އެކިފަރާތްތަކަށް ބޮޑެތިއަދަދުތަކުން ފައިސާދޭ މައްސަލަ ފާހަގަކުރައްވައި ޑރ. ޝަހީދު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކޮވިޑާއި ގުޅިގެން ދައުލަތުން ކުރި ޚަރަދުތަކުގައި ޚިޔާނާތާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. ކޮވޮޑްގައި ހާލުބޮޑުވާ މީހުންނަށް ފަރުވާދޭން ބޭނުންކުރާ ވެންޓިލޭޓަރު ގަތުމަށް ކަމަށް ބުނެ ގެރެންޓީއަކާ ނުލައި ދުބާއީގެ ކުންފުންޏަކަށް ސަރުކާރުން ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ. އޭގެތެރެއިން ގިނަ ވެންޓިލޭޓަރުތައް އަދިވެސް ލިބިފައިނުވާއިރު ސަރުކާރުން މިހާރު ވަނީ އެއްބަސްވުން ބާތިލްކޮށް ބަދަލު ހޯދަން އާބިޓްރޭޝަނަށް ދާން ނިއްމާފައެވެ.



މީގެ އިތުރުން ކޮވިޑާއި ގުޅިގެން ބޭނުންވާ ސާމާނު ގަތުމާއި ކަރަންޓީން ފެސިލިޓީތަށް ގާއިމް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަށް ހިންގާފައިވާކަން މިހާތަނަށް ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ޚަރަދުގެ ޖުމްލަ ޢަދަދު 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން