މިނިސްޓްރީ އޮފް ހެލްތަށް ސްޓޭޓް މިނިސްޓަރަކާއި ވަޒީރުގެ ނާއިބުގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމަށް އައްޔަންކުރެއްވީ ޢާއިޝަތު ރަޝީދެވެ. އަދި މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވީ ޢަބްދުއްޝުކޫރު ޢަބްދުލްހަކީމްއެވެ.

މި ދެ ބޭފުޅުންނަކީ މީގެކުރިން ޖެންޑަރ މިނިސްޓްރީގެ އިސް މަޤާމުތަކެއްގައި ތިއްބެވި ދެ ބޭފުޅުންނެވެ. މިގޮތުން ޢާއިޝަތު ރަޝީދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމް އަދާކުރައްވާފައެވެ. އަދި ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމް އަދާކުރައްވާފައެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމުގައި ހުންނެވި ދެ ބޭފުޅުން ކަމަށްވާ ޝިޔާމާ މުޙައްމަދާއި، ނިޝާމާ މުޙައްމަދު އިއްޔެ މަޤާމުން ވަކިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން