ރާއްޖޭގައި ކޯވިޑް ފެތުރުން އިތުރުވެފައިވާތީ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ހިންގުން އަލުން ތަރުތީބުކޮށް ވަރުގަދަކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެދުވަހަކުވެސް އިތުރުވަމުންދާއިރު ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ލުއިތަކާއެކު ބަލިފެތުރުން ކޮންޓްރޯލު ނުވާވަރަށް ފެތުރި، ދޫދުން ފިޔަވަޅުތައް އަލުން ވަރުގަދަކުރަން މަސައްކަތް ނުކުރާ ކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މިފާޑުކިއުންތަކާއެކު މިއަދުން ފެށިގެން މާލެ ސަރަޙައްދުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލެ ސަރަޙައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން ސަރުކާރުން ވަނީ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ހިންގުންވެސް ވަރުގަދަކޮށް ހަރުދަނާކޮށްފައެވެ. އެގޮތުން ނާއިބު ރައީސް ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުންތައް ކޮންމެ ދުވަހަކު އެޗްއީއޯސީގައި ބާއްވާ ގޮތަށް ނިންމާފައިވާއިރު، ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީ، އެޗްއީސީގައިވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސަތުގައި އިންނަވައިގެން ކަމާބެހޭ ފަރާތްތަކާއެކު ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ރާއްޖޭގައި ކޯވިޑްޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މިއީ ސީދާ ކޮންސަބަބަކާއި ހުރެ މެދުވެރިގެން އުޅޭ ކަމެއްކަން އަދި ބުނަން ދަތިކަމަށް ސިއްހީ މާހިރުން ވެސް ވިދާޅުވެއެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރަނީ ކޯވިޑްގެ އާ ވޭރިއަންޓެއް ރާއްޖެ އައުމުން ދިމާވެގެން އުޅޭ ކަމެއްކަމަށެވެ. ނަމަވެސް ސިއްހީ މާހިރުން ބުނަނީ މިއީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ނަތީޖާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކޯވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ސަރުކާރުން ވަނީ ލުއިދީފައެވެ. ނަމަވެސް އެލުއިތަކާއެކު ރައްޔިތުން ރައްކާތެރި ކަމުގެ އުސޫލުތަކުގައި ނުހިފެހެއްޓުމުން ބަލީގެ ހާލަތު މިހާރު މިވަނީ ކޮންޓްރޯލް ނުވާވަރަށް ގޯސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙުސާއން

11-May-2021

ކޮންމެ ކަމެއްގަވެސް ރައްޔިތުން ގޯސް!!!!!!!!



ޓްރެންޑިން