ޓެކްނޮލޮޖީ މިނިސްޓްރީގައި ތިއްބެވި 2 ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސާލިހާއި އަހުމަދު އަފްޒަލް އިބްރާހިމް، އެންވަޔަރަންމެންޓް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

އެ ދެ މީހުން އެންވަޔަރުމެންޓް މިނިސްޓްރީއަށް ބަދަލުކުރައްވާފައި މިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވައި، އެމިނިސްޓްރީގެ މަސައްކަތްތަކާއި ޒިންމާތައް އެންވަޔަރުމެންޓް މިނިސްޓްރީއަށް ބަދަލުކުރެއްވުމާއި ގުޅިގެނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމުގައި އައު މިނިސްްޓްރީއެއް އުފައްދަވައި ރައީސް އޮފީހުގައި ހުންނެވި ޕޮލިސީ ސެލްރެޓަރީ ޝައުނާ އެވުޒާގެ ވަޒީރުގެ ގޮތުގައި ހަމަޖައްސަވައިފައެވެ.

އަލީ ސޯލިހަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޤާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަފްޒަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ މެމްބަރެކެވެ.

ސަރުކާރުގެ ހިންގުން ހަލުއިކޮށް ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ކޯލިޝަންގެ ލީޑަރުންނާއެކު މަޝްވަރާ ކުރަށްވަމުން ގެންދަވާކަން ރައީސްގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން